Wednesday, January 07, 2009

Home > Atoll Office

  1. ތަޢާރަފް
  2. ތަޞައްވަރު
  3. މިޝަން
  4. މައިގަނޑު މަސައްކަތް
  5. ސެކްޝަން އޭ
  6. ސެކްޝަން ބީ
  7. ސެކްޝަން ސީ
  8. ސެކްޝަން ޑީ
  9. ސެކްޝަން އީ
  10. ސެކްޝަން އެފް
  11. އަތޮޅުކޮމިޓީ

ތިލަދުންމަތި އުތުރުބުރި އަތޮޅު އޮފީސް

މި އޮފީހަކީ01 ޛުލްޤައިދާ 1377 (21 މެއި 1958 ) ގައި އުފެދުނު އޮފީހެކެވެ. އެއީ ކުރިން އޮތް ތިލަދުންމަތި ދެބައި ކުރައްވައި، ތިލަދުންމަތީ އުތުރުބުރިއަކީ ވަކި އަތޮޅެއްގެ ގޮތުގައި ހަމަޖެއްސެވުމުންނެވެ. ޤާނޫނާއި، ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ތިލަދުންމަތީ އުތުރުބުރީގައި ސަރުކާރުގެ އަމުރުތައް ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ދިނުމުގައި އަތޮޅުގައި ހުންނަ ސަރުކާރުގެ އެންމެ އިސް އޮފީހަކީ މިއޮފީހެވެ. ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިރަށަކީ ދިއްދޫއެވެ.

10 ނޮވެމްބަރ 2005 ގައި މިއަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމު، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމުން ޢަބްދުލްޤައްޔޫމް، ލ.މާބައިދޫ އާޝިރުވާދު މުޙައްމަދު ރަޝީދުއަށް ދެއްވުމާއި ގުޅިގެން، 18 ނޮވެމްބަރ 2005 ން ފެށިގެން އޮފީސް ހިންގަމުން ގެންދަނީ ލ.މާބައިދޫ އާޝިރުވާދު އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

މިއޮފީހުން ކުރާ މައިގަނޑު މަސައްކަތަކީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އަންގަވާގޮތެއްގެ މަތިން އަތޮޅު ތަރައްޤީކުރުމަށް މަސައްކަތްކުރުމާ ސަރުކާރުގެ އެކިއެކި މުޢައްސަސާތަކުން އަންގާގޮތެއްގެ މަތިން އެކަންކަން އަތޮޅުގައި ހިންގުމާއި އަދި އަތޮޅުގެ ކުރިއެރުމާ ތަރައްޤީއަށް އަތޮޅުފެންވަރުގައާއި ރަށުފެންވަރުގައި ކުރެވިދާނެ ކަންތައްތައްރާވާ ހިންގުމެވެ.

މައްޗަށް

ތަޞައްވުރު:

ޒަމާނީ ހިންގުމުގެ ހުނަރާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ޚިދުމަތްދުނުމުގައި ނަމޫނާ އޮފީހަކަށް ވުން.

މިޝަން:

ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންނަށްދޭ ޚިދުމަތް އެންމެ އެކަށީގެންވާ ފެންވަރެއްގައި ދިނުމަށްޓަކައި އަތޮޅުއޮފީހާއި ރަށުއޮފީސްތަކުގެ ހިންގުމުގެ ނިޒާމް ހަރުދަނާކުރުމާއެކު ސަރުކާރުން އަތޮޅުތަކުގައި ކުރަންޖެހޭ މަސައްކަތްތައް އެންމެމަތީ ފެންވަރުގައި ކުރެވޭނެ ނިޒާމެއް ޤާއިމްކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން.

މައްޗަށް

އޮފީހުގެ މައިގަނޑު މަސައްކަތް

މިއޮފީހުގެ މައިގަނޑު މަސައްކަތަކީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އަތޮޅުއޮފީސްތަކުން ކުރުމަށް ހަމަޖައްސާފައިވާ މަސައްކަތްތަކާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން އަތޮޅުގައި ކުރުމަށް ހަވާލުކުރާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމެވެ. މިގޮތުން މިއޮފީހުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިދުމަށް ދިނުމުގެ މަޤްޞަދުގައި 01 މެއި 2006 ގައި 6 ސެކްޝަނަކަށްވަނީ މަސައްކަތްތައް ބަހާލެވެފައެވެ.

މައްޗަށް

އޭ. ސެކްޝަން (އިދާރީ ހިންގުމާބެހޭބައި)

މިސެކްޝަނުން މައިގަނޑުގޮތެއްގައި ކުރަމުންދަ މަސައްކަތްތަކަކީ އަތޮޅުއޮފީހާ ރަށުއޮފީސްތަކުގެ އިދާރީ ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، އަތޮޅުއޮފީހުގެ އިދާރީ ހިންގުމާބެހޭ މަސައްކަތެވެ. އަދި ސަރުކަރުގެ އެކިއެކި މުއައްސަސާތަކަށް ބެހުމަށް އަންނަ ސިޓީފަދަތަކެތި ރައްދުކުރުމާ އަތޮޅުވެރިޔާއާ ބައްދަލުކުރުމަށް އަންނަފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް ހަމަޖައްސައިދިނުމާ

މައްޗަށް

ބީ. ސެކްޝަން (ބަޖެޓާނުބެހޭ)

މިބައިން ކުރަމުންދާ މައިގަނޑު މަސައްކަތްތަކަކީ އަތޮޅުއޮފީހާ ރަށުއޮފީސްތަކުގެ މުވައްޒަފުންގެ މުސާރަދިނުމާ، ސަރުކާރުގެ އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައާ އެހެނިހެން ފައިސާ ދިނުމާއި ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ފައިސާ އެތަންތަނުގެ އެކައުންޓްތަކަށް ޖަމާކުރުމުގެ މަސައްކަތެވެ.ާ

ސީ. ސެކްޝަން (ބަޖެޓް، ޕްރޮޖެކްޓް ޕްލޭނިންގ، ޑިވެލޮޕްމަންޓް)

މި ސެކްޝަނުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ އޮތޮޅުއޮފީހުގެ ބަޖެޓާބެހޭ އެންމެހައި މަސައްކަތްތަކާ އަތޮޅުއޮފީހާ ރަށުއޮފީސްތަކުގެ މުވައްޒަފުންގެ މުސާރައާ އެހެނިހެން އެލަވަންސް ފައިސާ ދިނުމަށްކުރަންޖެހޭ މަސައްކަތްކުރުމާއި، އަތޮޅުއޮފީހާ ރަށުއޮފީސްތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި ހޯދުމާ، އަތޮޅުއޮފީހާ ރަށުއޮފީސްތަކުގެ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމާ އަތޮޅުގައި ހިންގޭ ތަރައްޤީގެ މަޝްރޫއުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތެވެ.

މައްޗަށް

ޑީ. ސެކްޝަން (މުވައްޒަފުންނާބެހޭބައި)

މި ސެކްޝަނުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ އަތޮޅުއޮފީހާ ރަށުއޮފީސްތަކަށް މުވައްޒަފުން ލެއްވުމާ ވަކިކުރުމުގެ މަސައްކަތެވެ.

އީ. ސެކްޝަން (އިންފޮރމޭޝަން ޓެކްނޮލޮޖީ)

މިސެކްޝަނުން ކުރަމުންދާ މައިގަނޑޫ މަސައްކަތަކީ އޮފީހުގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާ އިންޓަރ ގަވަރމަންޓް އޮފީސް ނެޓްވާރކް މެއިންޓެިންކުރުމާ ރަށުއޮފީސްތަކަށް ބޭނުންވާ ފަންނީއެހީ ފޯރުކޮށްދީ މިރޮނގުން އެއޮފީސްތަކަށް ބޭނުންވާ އެންމެހައި ކަންތައްތައް ކޮށްދިނުމާ ކޮމްޕިއުޓަރ ފަދަ ތަކެތި ސާރވިސްކޮށް ބެލެހެއްޓުމާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ އެންމެހައި މަސައްކަތްތަކެވެ.

މައްޗަށް

އެފް. ސެކްޝަން (ޢާންމު ޙިދުމަތާބެހޭބައި)

އަތޮޅުކޮމިޓީ

ތަޢާރަފް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކުރއަރުވާކޮމިޓީއަކީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގެ ދަށުން ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީހާ ގުޅިގެން މަސައްކަތްކުރާކޮމިޓީއެކެވެ.

މަޤްޞަދް

އަތޮޅުގެ ކަންތައްތައް ތަރައްޤިކޮށް ކުރިއެރުވުމަށްޓަކައި އަތޮޅުގައި ކުރަންޖެހޭ ކަންތައްތައް ރޭވުމާއި، އަތޮޅުގެ ކަންތައްތައް ހިންގުމުގައި އަތޮޅުވެރިޔާއަށް މިދަންނަވާކަންކަމުގައި ބޭނުންވާ ގޮތެއްގެމަތިން އިޚްލާސްތެރިކަމާއެކު ލަފާދީ އެހީތެރިވެ އެއްބާރުލުން:-

  1. ސަރުކާރުން ނުވަތަ ސަރުކާރު ޤަބޫލުކުރާ ފަރާތަކުން، އަތޮޅުގައި ހިންގާ ކަންތައްތައް ހިންގުމުގައި އެހީތެރިވެދިނުން.
  2. އަތޮޅުރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމާއެކު ރައްޔިތުންގެ މެދުގައި ދީނީ، ޤައުމީ، އަދި އިޖްތިމާޢީ ރޫޙު އާލާކޮށް އަތޮޅުގައި ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބާރުލުން އިތުރުކުރުން.
  3. އަތޮޅުގެ ރައްޔިތުންގެ މަލިއްޔަތު ދިރުވުން.
  4. ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓިތަކާއި އަންހެނުންގެ ކޮމިޓިތައް ޚަރަކާތްތެރި ކުރުވުން.
  5. ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކުގެ ޚަރަކާތުތައް ބަލައި އިޞްލާޙު ކުރަންޖެހޭ ކަންތައްތައް އިޞްލާޙް ކުރުމަށްޓަކައި ލަފާދިނުން.
  6. އަތޮޅަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި އަތޮޅުވެރިޔާ އަށް ފުރިހަމައަށް އެހީތެރިވެ ދިނުނ.
މައްޗަށް