ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފި

ރާއްޖޭގެ ސިއްޙީ ނިޒާމް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެއްވިޔުގައަކުން ގުޅާލުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި 26 މާރިޗް 2018 ވަނަ ދުވަހު ހއ. ތުރާކުނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ މި ނިޒާމުގެ ތެރެއިން ބަލިމީހާއާބެހޭ ރެކޯޑްސްތަކާއި، ހޮސްޕިޓަލްތައް ހިންގުމަށް އިދާރީގޮތުން ކުރެވެމުންދާ މަސައްކަތްތައް އެއްވިއުގައެއްގެ ތެރޭގައި ރައްކާތެރިކޮށް ބެލެހެއްޓުމާއި، އާސަންދަ މެދުވެރިކޮށް ބަލިމީހުންނާބެހޭ މަޢުލޫމާތު ރައްކާތެރި ކުރެވޭނެ ކަމަށެވެ. އަދި ކޮންމެތާކުން ފަރުވާ ކުރަމުން ދިޔަނަމަވެސް ބަލިމީހާގެ ބައްޔާބެހޭ ރެކޯޑްތައް ފެންނާނެކަމަށެވެ.

މިގޮތުން ބަލިމީހޭގެ ބޭސް ސިޓީތަކާއި ބަލިމީހާގެ ލެބޯޓްރީ ޓެސްޓްތައްވެސް ބަލާލެވޭނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. ސިއްޙީ ނިޒާމް އެއްވިއުގައަކުން ގުޅާލުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ކަމެއްކަމަށާއި  މިއަދު ގުޅާލެވުނު ވިއުގައިގެ ތެރެއިން ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ސިއްޙީ މަޢުލޫމާތު އަތޮޅު ހޮސްޕިޓަލާއި ސިއްޙީމަރުކަޒުތަކުން ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Leave a Reply