ގެލެކްސީ

އަތޮޅު ކައުންސިލްގެ ގެލެކްސީ ޢިމާރާތް

ހއ. އަތޮޅު ރައްޔިތުންގެ ” ގެލެކްސީ ޢިމާރާތް ” ގެލެކްސީ ޢިމާރާތަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީހުގެ ދުވަސްވަރު އަތޮޅު ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ޢިމާރާތް ކޮށްފައިވާ ތަނެކެވެ. މިތަން ހުޅުވުމަށްފަހު ދިއްދޫގައި ސިފައިން ބޭއްތިއްބެވުމަށް ދޫކުރެވުނެވެ. އަދި އޭގެފަހުން ފުލުހުންނަށް ކުއްޔަށް ދޫކުރެވުނެވެ. މި ޢިމާރާތް މަރާމާތު ނުކޮށް ގިނަދުވަސް ވުމުން ވީރާނާވެ ބޮޑެތި މަރާމާތުތައް ކުރަންޖެހުނެވެ. އެހެންކަމުން އަތޮޅު ކައުންސިލްގެ މާލިއްޔަތުން ބޮޑު ހޭދައެއްކޮށްގެން ރަނގަޅު ފެންވަރަކަށް މިހާރުވަނީ މަރާމާތުކޮށްފައެވެ.

ގެލެކްސީ ޢިމާރާތަކީ 5 ކޮޓަރިއާއި، ސިޓީންގރޫމާއި ވަކިން ކައްކާ ކެވޭގޮތަށް ޑިޒައިންކޮށްފައިވާ ޢިމާރާތެކެވެ. މިތަނުގެ ގިނަ ކޮޓަރިތައް ހުންނަނީ އޭސީ ކޮށްފައެވެ. މިއީ އެކި ބޭނުންތަކުގައި ދިއްދުއަށް ވަޑައިގަންނަވާ ބޭފުޅުން މަޑުކޮށްލެއްވުމަށް ވަރަށް އެކަށީގެންވާ ތަނެކެވެ.

ގެލެކްސީ ޢިމާރާތް ހުންނަ ސަރަހައްދަކީ ބަނދަރާކައިރި އަދި ބޭންކާވެސް އެހައި ކައިރިތަނަކަށް ވުމުން ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް މިތަނުގެ ސަބަބުން ވެގެންދާނެއެވެ.