Home > Historical
ބޮޑުތަކުރުފާނުގެ ތަޢާރަފް
ޤައުމީ ދުވަހުގެ ބަޠަލް:
އަލްޣާޒީ މުޙައްމަދުތަކުރުފާނުލް އަޢުޡަމް
ކޮލީ ނަންފުޅު:
ސިރީސަވާދީއްތަ މަހާރަދުން ނުވަތަ ކަލަސަރަ އާދީއްތަ މަހާރަދުން
އަނބިއަނބިކަބަލުން:
ބާރަށު ބޯށިވަލު ބުޅައުފާތިމާގެ އާމިނަތު ރެހެންދި ( އާމިނާރަނިކިލެގެ), ޢަލިރަސްގެފާނުގެ ސިއްތިމާވާރަނިކިލެގެފާނު
ބޭފުޅުން:
އިބްރާހީމް ކާލާފާނު (އާމިނާ ރެހެންދިގެ)
ތަޢުލީމް ޙާސިލްކުރެއްވީ:
ބައްޕާ އުތީމުޙުސައިންޚަޠީބާއި، ބޮޑުބޭބޭ ނޮޅިވަރަމްފަރު އެދުރުކަލޭފާނު އަރިހުން، އިތުރަށް ބޭދާޅިން (ބަނދާގަރަ) އެކި އެކި ހުނަރުވެރިކަމާއި ތަޖުރިބާ ހޯއްދެވި.
ޚިދުމަތް:
ބޭރުބައެއްގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުން، އަލުން ދައުލަތެއް ބިނާކުރައްވައި އެދައުލަތަށް އައްދައުލަތުލް މަޙަލްދީބިއެޔާގެ ނަން އަލަށް ދެއްވުން، ------- މިގޮތަށް ފަތްކޮޅު ތަކުގެ ފެށުން ގެންނެވުން، ދިވެހިތާނަ އަކުރުގެ ފެށުން، ދިވެހި ލަޝްކަރެއް އުފައްދަވައި އެލަޝްކަރުގެ މީހުނަށް އުޖޫރައެއްގެގޮތުން މަހަކު ދެފަހަރު ބަނޑުހަނޑުލުން މުސާރަ ދެއްވުން، ދުވެހި ފައިސާކަމުގައިވާ ބޮލީގެ ބަދަލުގައި ދިގުލާރި ޖައްސަވައި އަލަށް ފައިސާ ނެރުއްވުން. ދިވެހި ޢިޤްތިޞާދު ގެއްލިފައި ވަނިކޮށް އަލުން ރޭއްވެވުން، ބޭރުގެޤައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފެއްޓެވުން، ރާއްޖެތެރޭގައާއި މާލޭގައި މިސްކިތް ބިނާކުރެއްވުން، ދީނީޢިލްމު ފެތުރެއްވުން، ދިވެހި ޙަޟާރަތު އަލުން ފެއްޓެވުން.
އުފަންދުވަސް:
ކަޅުމުޙައްމަދު ރަސްގެފާނުގެ ރަސްކަމުގެ 3 ވަނަ ދައުރުތެރޭ
ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރެއްވީ:
1 ރަބީޢުލްއައްވަލް 981 ހ. ( 2 ޖުލައި 1573 މ)
ޢާއިލާގެ ބޭފުޅުން:
ޢަލީޚަތީބު ތަކުރުފާނު, ފާޠިމާފާނު(ފާޠިމަތުކަނބާދިކިލެގެ), ޙަސަން ތަކުރުފާނު(ޙަސަން ރަންނަބަނޑޭރިކިލެގެފާނު)
އަވަހާރަވީ:
1 ރަމަޟާން 993 ހ - 18 އޯގަސްޓް 1585 މ.
ބޮޑުތަކުރުފާނުގެ ޙާއްސަ އެހީތެރިން
- މާރަންދޫޚަތީބު އުތީމު ޢަލިތަކުރުފާނު
- އުތީމުޙަސަން ތަކުރުފާނު(ޙަސަންރަންނަބަނޑޭރިކިލެގެފާނު)
- ނޮޅިވަރަމްފަރު އެދުރުކަލޭފާނު(މޫސާ؟)
- ދުވާފަރު ޢަލީދަންޑެހެލު
- ތިމަރަފުށީ އަލްޙާއްޖަ ޢަލީ(ޢަލީދޮށިމޭނާ ކިލެގެފާނު)
- ތިމަރަފުށީ އަލްޙާއްޖަ ޙަސަން (ޙަސަންވެލާނާ)
- އަލްފަޤީހުއްޝައުޚު މުޙައްމަދު ޖަމާލުއްދީނު
- ފަނޑިޔާރު ކޮރަލިތަކުރުގެ އަބޫބަކުރު
- އުތީމު ރާއެރިބޭ
- މަރޮށީ ރާއެރިބޭ
- ދޮނަކުޅީ ދޮންރާއެރިބޭ
ދިވެހިންގެ މެދުގައި އުތީމުރަދުން
އެއްވެސް ޝައްކެއްނެތްގޮތުގައި އުތީމުރަދުންނަކީ ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް އެންމެ ޚާއްޞަ ޤަދަރުދެވެ ބަޠަލެވެ. ސަބަބުގެ ތެރެއަށް ދާކަށް ނުޖެހެއެވެ. އެތަކުރުފާނުގެ ޤައުމީޖިހާދުގެ ވާހަކ
ައަކީ، ރާއްޖޭގެ އެންމެ ކުޑަކުދުންނާ ހަމައިންފެށިގެން އެންމެ ދުވަސްވީ މީހުނާހަމައަށް ކިޔެމުން ވާރަތަވަމުން އަންނަ ވާހަކައެކެއެވެ. އެތަކުރުފާނު އަވަހާރަވީ ދުވަހަކީ، މުޅިރާއްޖޭގައި އެކަމުގެ ހަދާން އައުކުރެވޭދުވަހެކެވެ.
އުތީމު އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނަކީ ދިރިއުޅުއްވުގައި ސާދާކަންހުރި މާތްބަޠަލެކެވެ. އޭނާގެ ޙަޔާތްޕުޅުގައި އޭނާގެ ނަމެއްކަމުގައި ބޭނުން ކުރަށްވާފައި ވަނީވެސް ވަރަށް އާދައިގެ ނަމެކެވެ. އާދެ، އެތަކުރުފާނުގެ ނަމުގައި އޮންނަ މާތްކުރުމުގެ 'ފާނު' އަކީ އެތަކުރުފާނުގެ ފަހަށް ދުވެހީން އިތުރުކޮށްފައިވާ ނަމެކެވެ. މުޙައްމަދުތަކުރުފާނު ލިޔުއްވާފައިވާ ކަމުގައިވަނީ 'މުޙައްމަދު ބޮޑުތަކުރު' މިހެންނެވެ.
މިކަން ކަން މިހެން ހުރުމާ، އެތަކުރުގެ ޖިހާދުގެއަގު ދިވެހީން ވަޒަންކުރުމުގެ ގޮތުން ނަމުގެ ފަހަތަށް 'ތަކުރުފާނު' ކިޔައި 'އަޢުޡަމް' އިތުރުކުރީއެވެ.
އޭގެމާފަހުން ދުނިޔޭގެ އެހެން ބައެއްތަންތަނުގައި އެބައިމީހުން ފާހަގަކުރާ ޤައުމީ ހަދާންތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގައިވެސް ޤައުމީދުވަހެއް ފާހަގަކުރުމަށް ދިވެހިދައުލަތުން ވިސްނާ ވަޑައިގަތްހިނދު އެންމެ ފުރަތަމަވެސް އެދުވަހެއްކަމުގައި ދިވެހީން ކަނޑައެޅީ، އުތީމު މުޙައްމަދު ތަކުރުފާނު، ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކިރެއްވިދުވަހެވެ. 1 ރަބީޢުލް އައްވަލް
އާދެ، 1365 ހ، ވަނަ އަހަރު ދިވެހި ދައުލަތުގެ ފަރާތުން ދިވެހީންގެ ޤައުމީދުވެހެއްކަމުގައި އެދުވެސް ފާހަގަ ކުރައްވަން ފެއްޓެވީއެވެ.
ދުވެސްތައް ފާއިތުވަމުން ދިޔަކަމުގައި ވިޔަސް އަލްޣާޒީ މުޙައްމަދުތަކުރުފާނުލް އަޢުޡަމަށް ދިވެހީންގެ ހިތްތަކުގައި އުފެދިފައިވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަދާކުރަންޖެހޭ ޝުކުރު އަދާކުރުމުގައި ފަހަކަށްނުޖެހެއެވެ.
ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ޢިމާރާތްކުރެވުނު އިސްލާމީ މަރުކަޒަކީ މިހާތަނާހަމައަށް ކުރެވިފައިވާ އެންމެ ބޮޑު ބިނާކަމުގައި ނޫނޯ ނުވެއެވެ. އަދި އެ ޢިމާރާތުގައި އެއްފަހަރާ 5500 މީހުނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެއް ހިމަނުއްވައި އެމުހިއްމު މިސްކިތަށް ކިޔާނަމަކާމެދު ފިކުރުކޮށްލަންޖެހުނު ހިނދުވެސް ދިވެހީންހެ ޤަޞްދުކަޅިއީ އަލްޣާޒީ މުޙައްމަދު ތަކުރުފާނުގެ ފަނޑުވެމެއްނުވާ ނަންފުޅަށް އެމިސްކިތް ނިސްބަތްކުރުމަށެވެ.
އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، "އަޅުގަނޑުމެންގެ އިސްލާމީ ޝަޚިޞިއްޔަތު ހާމަކޮށްދޭ ގަދަފަދަ ޢިމާރާތުގައިވާ ބޮޑުމިސްކިތުގެ ނަމަކީ" މަސްޖިދުލްސުލްޠާން މުޙައްމަދުތަކުރުފާނުލް އަޢުޡަމް" ކަމަށެވެ. މިއަދާ ހަމައަށްވެސް އެތަކުރުފާނުގެ ޤައުމީޖިހާދުގެ ހަނދާން ދިވެހީން ދަމަހައްޓާފައިވަނީ ޝުކުރުވެރިކަމާއި އެކުގައެވެ.
އައްސުލްޠާނުލް ޣާޒީމުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ހަނދާން ފަނޑުނުވާނޭގޮތުން ދެމެހެއްޓުމަށް ޓަކައި އެތަކުރުފާނުގެ އުފަންރަށުގައި ދައުލަތުންބިނާކުރެއްވި މުހަނދާނީ މަރުކަޒަކީވެސް އެކަމުގެ އަލިގަދަ ހެއްކެކެވެ. މަލެފިޔަވައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ނެތްވަރުގެ ބޮޑު އެހާމެ ރީތީ ޢިމާރާތެކެވެ.
